އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދައިފި

Author
ހުސައިން
13 ނޮވެމްބަރ 2025 12:11
0

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ދުއްވާފައި ދިޔަ ކާރެއްގައި މިރޭ 10:45 ހާއިރު އަލިފާން ރޯވެއްޖެއެވެ. މި ކާރުގައި ރޯވީ، އެ ރަށުގައި ހުންނަ ބީއެމްއެލް ކައިރިން ދުއްވާފައި ދަނިކޮށް ކަމަށް އެނގިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކާރުގައި ރޯވީ ބަނދަރުގައި އޮތް ބޯޓަކަށް އަރުވަން ދިޔަ މަގުމަތީގައެވެ. ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނަށް މިކަމުގެ ރިޕޯޓް ލިބުމާ އެކު، ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިއުމަށް ފަހު، 23:11 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވީ ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.