ހުޅުމާލޭގައި ހުންނަ އެމް.ޕީ.އެލް ޓަވަރެއްގެ އެޕާޓްމަންޓަކުން 17.39 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ.
ފުލުހުންނަށް މި ތަކެތި ފެނިފައިވަނީ ނޮވެމްބަރު 09 ވަނަ ދުވަހުގެ ރޭ ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ރިޕޯޓްކުރުމުން އެ އެޕާޓްމަންޓަށް ފުލުހުން ޒިޔާރަތްކުރި ކުރުމުގައެވެ. މި މައްސަލައާ ގުޅިގެން މުޙައްމަދު ޖަޒުލާން އަޝްރަފު (29 އަހަރު) ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ހިނގަމުންދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިހުން ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ