ތިނަދޫގައި އެމްއެންޑީއެފުން ދައްކުވައިދިން މިލިޓަރީ ޑިސްޕްލޭއަށް ބޮޑު ތަރުހީބެއް

ތިނަދޫގައި އެމްއެންޑީއެފުން ދައްކުވައިދިން މިލިޓަރީ ޑިސްޕްލޭއަށް ބޮޑު ތަރުހީބެއް

Author
ޙަސަން މުޙައްމަދު
08 ނޮވެމްބަރ 2025 08:14
0

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މިއަދު އެމްއެންޑީއެފުން ހުށަހަޅައިދިން މިލިޓަރީ ޑިސްޕްލޭގައި، ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާތަކާ ދެކޮޅަށް ރައްކާތެރިކަމުގެ ބާރުތަކުން ގާބިލުކަމާއެކު ކުރިއަށްގެންދާނެ އޮޕަރޭޝަންގެ މަންޒަރުތައް ދައްކުވައިދީފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޝަރަފުވެރިކޮށްދެއްވި މި ޑިސްޕްލޭގައި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ސިއްރިއްޔާތުގައި ހަރަކާތްތެރިވާ ދުސްމިނުންގެ ސެލްތަކާ ދެކޮޅަށް ޑިފެންސް އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެމްއެންޑީއެފްގެ ބާރުތަކުން އެއްބައިވަންތަކަމާއެކު ހިންގާ އޮޕަރޭޝަނެއްގެ ނަމޫނާއެއް ދައްކުވައިދީފައިވެއެވެ.

މި ޑިސްޕްލޭއަށްފަހު ކުރިއަށްގެންދިޔަ އާއިލީ ހަވީރުގެ ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާން އާކުރުމާއެކު، ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމެވެ. އާންމުންނާއި ކުޑަކުދީންގެ ފަރާތުން މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.