އިންޑިއާގައި ދެ ރޭލު ޖެހި ފަސް މީހަކު މަރުވެއްޖެ

އިންޑިއާގައި ދެ ރޭލު ޖެހި ފަސް މީހަކު މަރުވެއްޖެ

Author
ހުސައިން
05 ނޮވެމްބަރ 2025 09:04
0

އިންޑިއާގެ ޗައްޓީސްގަރު ސްޓޭޓްގައި މިއަދު ހިނގި ރޭލު އެކްސިޑެންޓެއްގައި ފަސް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ސްޓޭޓްގެ ވެރިރަށް ރައިޕޫރާއިން 116 ކިލޯމީޓަރު ދުރުގައި އޮންނަ ބިލާސްޕޫރު ކައިރީގައި މި ހާދިސާ ހިނގާފައިވަނީ ލޯކަލް ޕެސެންޖަރު ރޭލެއް ފަހަތުން އައިސް ކާގޯ ރޭލެއްގައި ޖެހުމުންނެވެ.

ސަރުކާރުގެ އިސް އޮފިޝަލް ސަންޖޭ އަގަރްވާލް ވިދާޅުވި ގޮތުގައި ސަލާމަތީ ޓީމުން މިހާރު ދަނީ ރޭލުގެ ބައިތައް ކަނޑައިގެން އެތެރޭގައި ތާށިވެފައި ތިބި ފަސިންޖަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޓީވީ ޗެނަލްތަކުން ދައްކާފައިވާ ކްލިޕްތަކުން އެ ދެ ރޭލު ގޯސްވެ ޖެހިފައިވާ މަންޒަރު ފެންނަން އެބައޮތެވެ.

އިންޑިއާގެ ފުޅާ ރޭލް ނެޓްވޯކުގެ އިންފްރާސްޓްރަކްޗާތައް ތަރައްގީ ނުކޮށް ގިނަދުވަސްވުމާއި އިންސާނީ ގޯސްތަކުގެ ސަބަބުން އެ ގައުމުގައި ރޭލު އެކްސިޑެންޓްތައް ދަނީ އާންމު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.