ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީގެ ހަނދާން އަބަދުވެސް އާވަމުން ދާނެ: ޝާހިދު

ޝަހީދު ހުސައިން އާދަމްގެ ޤުރުބާނީގެ ހަނދާން އަބަދުވެސް އާވަމުން ދާނެ: ޝާހިދު

Author
އަހުމަދު
03 ނޮވެމްބަރ 2025 06:58
0

މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ހަމަލާގައި ޝަހީދުވި ބަތަލު ހުސައިން އާދަމްގެ ޤުރުބާނީ ދިވެހި ބިމުގައި އަބަދުވެސް ހަނދާންވެގެންދާނެކަމަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ ރާއްޖެއަށް ހަމަލާދިން ނިރުބަވެރިން ސިފައިންގެ މަރުކަޒުގެ މައިގޭޓުން ވަނަނުދީ ދިފާޢުކުރައްވަމުން ޝަހީދުވި ހުސައިން އާދަމްގެ ސާބިތުކަމާއި ހިތްވަރަށް ތައުރީފް ކުރައްވާފައެވެ. އަދި އެ ބިރުވެރި ދުވަހު ދިވެހި ސިފައިންނާއި ރައްޔިތުން ދެއްކެވި ހިތްވަރާއި އެއްބައިވަންތަކަން ފާހަގަކުރައްވާ، ރާއްޖެއަށް އެހީތެރިވުމަށް އިންޑިޔާ ސަރުކާރުން ދެއްވި އަވަސް އިޖާބައަށާއި އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ދިވެހިންގެ ބަޔަކު ތަމަޅައިންގެ ބަޔަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ކުރި މަސައްކަތް ކާމިޔާބުކޮށްދިނުމަށް ތާއީދުކޮށް ހަރަކާތްތެރިވި މީހުންނާ ދެކޮޅަށް ދިވެހިން ކާމިޔާބު ހޯދި ދުވަހެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.