ނަޝީދު ވިދާޅުވަނީ ވީއައިއޭގެ ޓާމިނަލް މާ ފިނި ކަމަށް، ފިނިމިން ހުންނަން ޖެހޭނީ 20-25 ޑިގްރީގައި ކަމަށް

ނަޝީދު ވިދާޅުވަނީ ވީއައިއޭގެ ޓާމިނަލް މާ ފިނި ކަމަށް، ފިނިމިން ހުންނަން ޖެހޭނީ 20-25 ޑިގްރީގައި ކަމަށް

Author
ހުސައިން
02 ނޮވެމްބަރ 2025 11:40
0

މިދިޔަ ޖުލައި 26 ގައި ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުންނަން ޖެހޭ ވަރަށް ވުރެ މާ ފިނި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޝަކުވާ ކުރައްވައިފި އެވެ. ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މި އާ ޓާމިނަލް މި ސަރަހައްދުގެ އެންމެ ރީތި އެއާޕޯޓްތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާއިރު، އެތަނުގެ ފިނިހޫނުމިންނާ ބެހޭ ގޮތުން މިއީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އެއާޕޯޓުގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށާ، މިއީ މާ ބޮޑަށް ވެސް ފިނި އަދި ބޭކާރު ކަމެއް ކަމަށެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުގައި ތަނުގެ ފިނިމިން 20-25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ. އެ މަނިކުފާނުގެ މި ވާހަކައަށް ގިނަ ބަޔަކު ތާއީދު ކުރިއިރު، ބައެއް މީހުންގެ ނަޒަރުގައި 25 ޑިގްރީ ސެލްސިއަސް ވެސް މާ ފިނި ކަމަށް ދެކެ އެވެ. ސިޔާސީ ކަންކަމާ ދުރުގައި ހުންނަވަމުން އަންނަ ނަމަވެސް، މި ފަހަކަށް އައިސް ނަޝީދު އަންނަނީ ކައިރި ރަށްރަށުގައި އެއާޕޯޓު އެޅުމާއި އައްޑޫ ބައިކުރުމަށް ނެގި ވޯޓާ ދެކޮޅު ވާހަކަ ދައްކަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.