ސްމާޓް ސިޓީ ތަމްރީނަށް މިނިސްޓްރީ އޮފް ސިޓީސްގެ ވަފުދެއް އިންޑިއާއަށް

ސްމާޓް ސިޓީ ތަމްރީނަށް މިނިސްޓްރީ އޮފް ސިޓީސްގެ ވަފުދެއް އިންޑިއާއަށް

Author
ހުސައިން
02 ނޮވެމްބަރ 2025 11:38
0

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ބޮޑު ވަފުދެއް އިންޑިއާ ސަރުކާރުން އިންތިޒާމުކުރާ ސްމާޓް ސިޓީ މިޝަން ޓްރޭނިން ޕްރޮގްރާމަށް ބައިވެރިވުމަށް އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް ދަތުރުކުރި މި ވަފުދުގައި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ހިމެނެއެވެ. މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ޕްރޮގްރާމް ބާއްވަވާނީ އިންޑިއާގެ އެކި ސިޓީތަކުގައެވެ.

ވަފުދު އިންޑިއާއަށް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިނިސްޓަރ އާދަމް ޝަރީފު އުމަރު ވަނީ ވަފުދާ ބައްދަލުކުރައްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރު މުވައްޒަފުން ތަމްރީނުކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.