ފިނޭންސް މިނިސްޓްރީން ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަ ބަދަލުތައް އާއްމުކޮށްފި އެވެ. މިގޮތުން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވެގެންދާނެ އެވެ.
މިއީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ އިތުރުކޮށްފައި ނުވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުމެކެވެ. މި ބަދަލުގެ ދަށުން ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް، އެޑިއުކޭޝަނަލް ސާވިސް، ހެލްތު ސާވިސް، އައިސީޓީ ސާވިސް، ލީގަލް ކަލްޗަރ އެންޑް ސޯޝަލް ސާވިސް، ޕްރޮޓެކްޓިވް ސާވިސް، ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސް އަދި ސެކްރެޓޭރިއަލް ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް ހިމެނޭ ގޮތުން 8 ދާއިރާގެ މުވައްޒަފުންނަށް މި ފައިދާ ލިބިގެންދާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފައިވަނީ ސިވިލް ސާވިސް، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ. މުސާރައަށް އަންނަ ބަދަލުގެ ތަފްސީލް ޕޭކޮމިޝަނުން މާދަމާ ހާމަކުރާނެ އެވެ. މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ކޮމެންޓު ފޮނުވާ