މީޑިއާ ކޮމިޝަންގެ މެންބަރުންގެ މުސާރަ މިނިވަން މުއައްސަސާތަކާ އެއް ހަމަ

މީޑިއާ ކޮމިޝަންގެ މެންބަރުންގެ މުސާރަ މިނިވަން މުއައްސަސާތަކާ އެއް ހަމަ

Author
ހުސައިން
30 އޮކްޓޯބަރ 2025 10:25
0

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުންގެ މުސާރަ މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ދެވޭ މުސާރައާ އެއްގޮތަށް ހަމަޖައްސައިފި އެވެ. މި ބަދަލާ އެކު، އެމްއެމްބީސީގެ ރައީސަށް މަހަކު ޖުމްލަ 59،000 ރުފިޔާ ލިބޭނެ އެވެ. މި އަދަދުގައި އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި، ފޯނު އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ ހިމެނެ އެވެ. ކޮމިޝަންގެ ނައިބް ރައީސަށް ލިބޭނީ 55،000 ރުފިޔާއެވެ. މީޑިއާ ކޮމިޝަންގެ ބާކީ ފަސް މެންބަރުންނަށް ލިބޭނީ މަހަކު 48،000 ރުފިޔާއެވެ. މީޑިއާ ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އަންނަނީ މީޑިއާތައް ތަމްސީލުކޮށް، އަދި ތިން މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.