ބީއެމްއެލްގެ ތާރީޚީ މަޝްރޫއެއް: 9 މަހުން 105 ރަށަށް އޭޓީއެމް

ބީއެމްއެލްގެ ތާރީޚީ މަޝްރޫއެއް: 9 މަހުން 105 ރަށަށް އޭޓީއެމް

Author
ހުސައިން
29 އޮކްޓޯބަރ 2025 01:51
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގި 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުދެކޭފަދަ ކާމިޔާބީއެއްކަން ފާހަގަކުރެވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެންމެ 9 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގެ 20 އަތޮޅުގެ 105 ރަށެއްގައި އޭޓީއެމް ގާއިމުކޮށް، ރަށްރަށުގެ ރައްޔިތުންނަށް ޙަގީގީ މާލީ ހިދުމަތް ފޯރުކޮށްދީފައިވެއެވެ. މި މަޝްރޫއުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޭންކުގެ ޑިރެކްޓަރ އޮފް އެގްޒެކެޓިވް އެފެއާޒް ޙަސަން ޝާމްގެ ލީޑުކަމުގެ ދަށުން މަސައްކަތްކުރި ޓީމަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި މަޝްރޫއަކީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގި މުހިންމު މަސައްކަތެއް ކަމަށާއި، މިހާ އަވަހަށް އަދި މިހާ ފުރިހަމައަށް ނިންމާލެވުނީތީ ބޭންކުން ފަޚުރުވެރިވާ ކަމަށެވެ. މިމަޝްރޫއުގެ ޚާއްޞަ ކަމަކީ، ކުރިން ބޭންކުން އޭޓީއެމް ގާއިމުކުރުމަށް ކުރި ޚަރަދާ އަޅާބަލާއިރު، 33% ޚަރަދު ކުޑަކޮށްފައިވުމާއި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވުމެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންގެ މާލީ ބައިވެރިވުން ވަރުގަދަވެފައިވާތީ، ބައިނަލްއަގުވާމީ އިދާރާ ކޯރަސް އިން ވަނީ ބޭންކް އޮފް މޯލްޑިވްސްއަށް 'އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ ޔިއަރ އިން ފައިނޭންޝަލް އިންކްލޫޝަން' ޝަރަފުވެރި އެވޯޑް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.