ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވުމާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވުމާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

Author
ޙަސަން މުޙައްމަދު
25 އޮކްޓޯބަރ 2025 11:29
0

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވުމާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

އިންޑިއާ މެޓުން ހާމަކުރި ގޮތުގައި މި ކޮޅިގަނޑު މިއަދު ހެނދުނު 6:00 ހާއިރު ޑިޕްރެޝަނަކަށް ބަދަލުވެ ހުޅަނގު އުތުރަށް ދަތުރުކުރަމުންދާއިރު، މާދަމާ ޑީޕް ޑިޕްރެޝަނަކަށް ބަދަލުވެ ހޯމަ ދުވަހު ތޫފާނަކަށް ވުރެ ބާރުގަދަވާނެ ކަމަށް ލަފާކުރެއެވެ. ތޫފާނަކަށް ބަދަލުވެއްޖެނަމަ އެ ތޫފާނަކީ ތައިލެންޑުން ނަންދީފައިވާ "މޮންތާ" އަކަށް ވާނެއެވެ.

ރާއްޖޭގެ މޫސުމަށް ބަލާއިރު މެދުރާއްޖެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް މެޓުން ބުނެއެވެ. އުތުރާއި މެދުރާއްޖޭގައި ވައިގެ ބާރު ގަޑިއަކު 15-25 މޭލާއި ދެމެދުގައި ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.