ބ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް، ވައި ގަދަވެ ބޯކަށް ވާރޭ ވެހޭނެކަމަށް ލަފާ ކޮށްފި

ބ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓް، ވައި ގަދަވެ ބޯކަށް ވާރޭ ވެހޭނެކަމަށް ލަފާ ކޮށްފި

Author
ހުސައިން
23 އޮކްޓޯބަރ 2025 09:49
0

މޫސުމާބެހޭ ގައުމީ އިދާރާއިން ބ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު ހެނދުނު ޔެލޯ އެލާޓް ނެރެފިއެވެ. ފަތިހު 05:30 އިން ފެށިގެން ހެނދުނު 09:30 ހާ ހިނގާ މި އެލާޓުގައި، އެ ސަރަހައްދަށް ބޮކޮށް ވާރޭވެހި، ގަޑިއަކު 25 އިން 30 މޭލު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ގިނަ ރަށްތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ. އެރިވައިގަނޑުގައި ބައެއް ގޭގެ ފުރާޅު އެއްލާލައި، ބައެއް ދޯނިފަހަރު ފަރަށް އެރުމުގެ ހާދިސާތައް ހިނގާފައިވެއެވެ. ކަމާބެހޭ އިދާރާތަކުން މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ބަލައި ނޫނީ ކަނޑުމައްޗަށް ނުނިކުމެ ސަލާމަތީ ފިޔަވަޅު އަޅަން ފަސޭހަ ރައްޔިތުންނަށް ވަނީ އިންޒާރުދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.