ގައުމީ މޫސުމާ ބެހޭ އިދާރާއިން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުދު ސަމާލުކުރުމުގެ އިންޒާރު ނެރެފިއެވެ. ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މި ސަމާލު ދެމިގެންދާނީ މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން ރޭގަނޑު 20:30 އަށް ކަމަށް މެޓުން ބުނެފިއެވެ.
މި ސަމާލުގައިވާ ގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ކަނޑު ގަދަވެ، ރާޅުގެ އުސްމިން 4-7 ފޫޓަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގައި ވެސް އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުން ލަފާކުރެވޭ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ