މާލެއިން އައްޑޫއަށް ވައިޓް އެލާޓް: ވައިގަދަވެ ގަޑިއަކު 45 މޭލަށް ވައި ޖެހޭނެ

މާލެއިން އައްޑޫއަށް ވައިޓް އެލާޓް: ވައިގަދަވެ ގަޑިއަކު 45 މޭލަށް ވައި ޖެހޭނެ

Author
ހުސައިން
21 އޮކްޓޯބަރ 2025 08:32
0

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގެ ސަބަބުން މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންނަނީ ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން މެންދުރު 1:30 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ވައިގަދަވުމުގައި ގަޑިއަކު 45 މޭލަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. މިދިޔަ ހަފްތާއިން ފެށިގެން ދެމިގެންދާ މި ވިއްސާރާގައި ރޭ މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެ، ސިފައިން އަންނަނީ ފެން ހިނދުމުގެ މަސައްކަތް ކުރަމުންނެވެ. މި ވިއްސާރަ އަލިވާން ފަށާނީ އަންނަ ހުކުރުދުވަހަށް ފަހުކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.