ށ. މަރޮށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 148.57 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 14.50 ހެކްޓަރުގެ ބިން ހިއްކުމާއި، 669 މީޓަރުގެ ރިވެޓްމެންޓް އަދި 389 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް 360 ދުވަސް ތެރޭގައި ނިމޭނެއެވެ.
998 މީހުން ދިރިއުޅޭ މަރޮށްޓަކީ ރަށްގިރުމުގެ ސަބަބުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 30 ރުއް ވެއްޓި، ފަންގި ވިނުމުން އާމްދަނީ ހޯދާ ރައްޔިތުންނަށް ބޮޑު ގެއްލުން ލިބެމުންދާ ރަށެކެވެ. މި މަޝްރޫއު ނިމުމުން ގޯތިގެދޮރު އެޅުމަށާއި ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް އިތުރު ބިން ލިބި، ރައްޔިތުންގެ އިޤްތިޞާދީ ހާލަތު ރަނގަޅުވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއު ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ތާރީޚީ ދަތުރުފުޅުގައި ހިމެނޭ އަނެއް މުހިންމު ތަރައްޤީގެ މަސައްކަތެކެވެ. އެމަނިކުފާނު މިއަދު މިލަންދޫގައި ހޮސްޕިޓަލަކާއި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތްވެސް ވަނީ ފައްޓަވައިދެއްވާފައެވެ.
ކޮމެންޓު ފޮނުވާ