ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޓެކްސް އެޕީލް ޓްރައިބުނަލްގެ މެމްބަރެއްގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެންމެ މަތިން މާކްސް ދިން ނަމަވެސް އޭނާއަށް މަޖިލިހުގެ ތަޅުމުން ނޫނެކޭ ބުނެފިއެވެ.
މަޖިލީހުގެ ކޮމިޓީން ހުށަހެޅި ލިސްޓުގައި މަހާޒު ހިމެނިވަޑައިގަތީ އެންމެ މަތިން މާކްސް ލިބިވަޑައިގެން، މި މަގާމަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއްގެ ގޮތުގައެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން ވޯޓަށް އެހުމުން، ތާއީދު ނުލިބި މަހާޒް އެ މަގާމަށް އައްޔަން ނުކުރުމަށް ވަނީ ފާސްކޮށްފައެވެ. މި ނިންމުން މަޖިލީހުން ނިންމަވާފައިވަނީ މިއަދު ބޭއްވި ޖަލްސާގަ އެވެ.
ކޮމެންޓު ފޮނުވާ