ޕްރެސެންޓަރ އިނާޔަތާ އެކު ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

ޕްރެސެންޓަރ އިނާޔަތާ އެކު ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި

Author
ޙަސަން މުޙައްމަދު
06 އޮކްޓޯބަރ 2025 08:30
0

ދައުލަތުގެ މީޑިއާގެ މަޝްހޫރު ޕްރެޒެންޓަރު އިނާޔަތު އަލީއާ ގުޅިގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި އޮޕަރޭޝަނުގައި ޖުމުލަ ތިން މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ. ހައްޔަރުކުރީ މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (31އ) އާއި އޭނާގެ ކޮއްކޮ އާމިނަތު އިލްޔީން އަޙްމަދު (25އ) އަދި އިނާޔަތު އަލީއެވެ. އެކަމަކު އިނާޔާއާއި އިލްޔީން މިހާރު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވެއެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު 1246 ގުރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ބިޑިއަކާއި ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. މި މަސްތުވާތަކެތި ފެނުނީ އައިޝްގެ ގެއިން ކަމަށް ކޯޓު އަމުރުން ދައްކައެވެ. އައިޝްގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުން ހާމަވެއެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އައިޝްއަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އަދި ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.