މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން: މިނިސްޓަރު އިސްމާއީލް

މުދައްރިސުންނަކީ ގައުމު ބިނާކުރާ މޭސްތިރިން: މިނިސްޓަރު އިސްމާއީލް

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2025 12:00
0

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ފޮނުއްވި ވީޑިއޯ މެސެޖެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ މުދައްރިސުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށާއި އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި، ޝަރަފުވެރި، އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންނެވެ. "އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް"، މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރު "ރީކާސްޓިން ޓީޗިންގ އޭޒް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް، މުދައްރިސްކަމުގެ ފަންނު ކުރިއަރުވައި، އުނގަންނައިދިނުން ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭކަމަށެވެ. މުދައްރިސުންގެ ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު މުދައްރިސުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް ތިބިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.