ތިން ދާއިރާއެއްގެ މުވައްޒިފުންގެ މުސާރަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ނިންމަވައިފި

ތިން ދާއިރާއެއްގެ މުވައްޒިފުންގެ މުސާރަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ނިންމަވައިފި

Author
ހުސެއިން
28 ސެޕްޓެމްބަރ 2025 04:42
0

ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރުގެ ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެ މަނިކުފާނުގެ ޕޯސްޓުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ، 2026 ގައި ބޮޑުވެގެންދާނެކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.