މަޝްހޫރު އެކްޓުރެސް މާދުރީ ޑިކްސިޓްް ދަނީ އޭނާގެ އެންމެ ކަމުދާ ހޮބީ ކަމުގައިވާ ކެއްކުމުގެ ވީޑިއޯތައް ސޯޝަލްމީޑިއާގައި ހިއްސާކުރަމުންނެވެ. އަދި މާދުރީ ބުނެފައިވަނީ އޭނާގެ ފިރިމީހާ ޑޮކްޓަރ ޝްރިރަމް ނޭނޭ އަކީ އޭނާއަށް ވުރެވެސް މީރުކޮށްކައްކާ މީހެއްކަމަށެވެ. ނޭނޭ ކައްކަން ދަސްކުރީ ޔޫއެސްގައި އެމީހުންގެ އާއިލީ ޕާސަނަލް ޗެފްގެ ރެސެޕީތަކުންނެވެ.
މާދުރީ ބުނެފައިވަނީ ޒުވާން އިރުގައި ކައްކަން ދަސްނުކުރެވުނީ މާ އަވަހަށް މަސައްކަތްކުރަން ނުކުންނަން ޖެހުނީމަ ކަމަށެވެ. ނަމަވެސް މިހާރު ކައިވެންޏަށްފަހު އޭނާއަށް ވަރަށް ގިނަ އެއްޗެހި ކައްކަން ދަސްވެފައިވާކަމަށް މާދުރީ ބުންޏެވެ.
މާދުރީ ބުނީ އިންޑިޔާގެ ކެއްކުންތައް ކައްކަން ދަސްކުރީ މަންމަގެ ކައިރިންކަމަށާއި އޭނާ އަބަދުވެސް ކައްކަނީ އޭނާގެ މަންމަގެ ރެސެޕީތައް ކަަމަށެވެ. އަދި ފިރިމީހާވެސް އިންޑިޔާގެ ކެއުންތައް ކައްކަން ދަސްކުރީ މަންމަގެ ކައިރިންކަމަށް މާދުރީ ބުންޏެވެ. ފިރިމީހާއަށް އޭނާއަށް ވުރެ މޮޅަށް ކައްކަން އެނގުނަސް މާދުރީވެސް މީރުކޮށްކައްކަން ކަމަށް އޭނާ ބުންޏެވެ.
20 މިލިއަންފޮލޯވަރުންތިބި މާދުރީގެ އިންސްޓަގްރާމް އެކައުންޓުގައާއި ޔޫޓިއުބްގައި އޭނާ ވަނީ ކައްކާ 20 ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. ޑެއިލީ ވްލޮގްސް އާއި ލަވަތަކުގެ ވީޑިއޯގެ އިތުރުން މާދުރީ އޭނާގެ ފިރިމީހާއަށް ކިޗްޅީ، މޮޑަކް އަދި ކަންޑާ ޕޯހާ ފަދަ އެއްޗިހި ކެއްކުމަށް އެހީތެރިވެދޭ ވީޑިއޯވެސް ހިއްސާކޮށްފައިވެއެވެ.