ރިޒޭގެ އަނިޔާ ސީރިއަސްވެ 6 މަހަށް ކުޅުމާ ދުރަށް

ރިޒޭގެ އަނިޔާ ސީރިއަސްވެ 6 މަހަށް ކުޅުމާ ދުރަށް

Author
އިބްރާހީމް ސާޢިދު
07 ޖެނުއަރީ 2021 12:57
0

މިދިޔަ ހޯމަ ދުވަހު ވެލެންސިއާ އަތުން 2-0 އިން އީގަލްސް ބަލިވި މެޗުގައި ކުރިމަތިވި އަނިޔާއާ ގުޅިގެން ކުލަބް އީގަލްސްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

އީގަލްސް އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ހަ މަސްދުވަހަށް ކުޅުމާ ދުރަށް ދާންޖެހުުނު އީގަލްސް އަދި އެފްއޭއެމް އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމަށް އަންނަން އޭނާ އަށް މަދުވެގެން ހަ މަސް ދުވަސް ނަގާނެ އެވެ. އޭގެ މާނަ އަކީ މި ސީޒަނުގައި ދެން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަވުމެވެ. ސީޒަން ދިގުލައިގެން ގޮސްފި ނަމަ ފެނިދާނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޒޭ އަށް ލިބުނު އަނިޔާގެ ހަބަރު އަޑުއެހީ ހިތާމައާ އެކު ކަމަށެވެ. މި އަނިޔާގެ ސަބަބުން ޒުވާން ފޯވަޑަށް މުހިންމު ގިނަ މެޗުތަކެއް ގެއްލޭނެ އެވެ. އޭގެ ތެރޭގައި އޭއެފްސީ ކަޕުގެ ޕްރިލިމިނަރީގައި އީގަލްސް ކުޅެންޖެހޭ މެޗާއި ވޯލްޑްކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ކުޅެންޖެހޭ މެޗުތައް ހިމެނެ އެވެ.

ކޯޗް މޯހަން ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރިޒޭ ކުޅުނީ ޑޮކްޓަރުގެ ހުއްދަ ހޯދުމަށް ފަހު ރިޒޭ ވެސް އެ ގޮތަށް ބޭނުންވާތީ ކަމަށެވެ. މިއީ އީގަލްސް ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެންމެ ދަށްކޮށް ފެށީ މި އަހަރެވެ. ލީގުގައި އެ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން އަދި މޮޅެއް ލިބިފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.