އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމްގެ ނައިބު ރައީސްކަމަށް މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރައްވައިފި

Author
ހުސައިން
16 ސެޕްޓެމްބަރ 2025 07:06
0

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ނައިބު ރައީސްގެ މަޤާމަށް މ.ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން މުޙައްމަދު ޝަފީޤް މަޙްމޫދު މި މަޤާމަށް ޢައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި މޫމިނާ ވަހީދުގެ މުއްދަތު ހަމަވުމުން އެ މަޤާމު ހުސްވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ، މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް، ޝަފީޤަކީ އެ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތެއްކަމަށް ނިންމެވިއެވެ. ކޮމިޓީގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، 67 މެންބަރުންގެ ތާއީދާއެކު ޝަފީޤް މި މަޤާމަށް ޢައްޔަންކުރުމަށް ފާސްވިއެވެ.

އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަޤާމަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.