ނިލަންދޫގައި ގެއްލުނު 14 އަހަރުގެ ކުޑަކުއްޖާ ސަލާމަތުން ހުއްޓާ ފެނިއްޖެ

ނިލަންދޫގައި ގެއްލުނު 14 އަހަރުގެ ކުޑަކުއްޖާ ސަލާމަތުން ހުއްޓާ ފެނިއްޖެ

Author
ޙަސަން މުޙައްމަދު
15 ސެޕްޓެމްބަރ 2025 09:54
0

ފ. ނިލަންދޫގައި ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުޑަކުއްޖާ ވަނީ ސަލާމަތުން ފެނިފައެވެ. ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެކުދިން ފެނިފައިވަނީ މިރޭ މެންދަމު 2:40 ގައި ކަމަށާއި، އޭނާގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އިއްޔެ ހަވީރު ގެއިން ނިކުމެ ގޮސްފައިވާ މި ކުޑަކުއްޖާގެ ޚަބަރެއް ނުވުމުން، އޭނާގެ އާއިލާއިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 10:15 ގައެވެ. މައްސަލަ ހުށަހެޅުމާ ގުޅިގެން ފުލުހުންނާއި، ނިލަންދޫ ކައުންސިލާއި އަދި ރަށުގެ އެކި ފަރާތްތަކުން ބައިވެރިވެގެން އެކުދިން ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.

ރަށުގެ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ގެއްލިފައިވި ކުޑަކުއްޖާ ސަލާމަތުން ފެނި، އާއިލާއާ ޙަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކުދިން ފެނުނު ތަނާއި، ގެއްލުނު ސަބަބާ ބެހޭ ގޮތުން އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.