ނޫސްވެރިޔާ ޝިފްޒާ މުސްތަފާ މިފްކޯގެ ސީނިއާ މެނޭޖަރަކަށް

ނޫސްވެރިޔާ ޝިފްޒާ މުސްތަފާ މިފްކޯގެ ސީނިއާ މެނޭޖަރަކަށް

Author
އައިޝަތު އަޙްމަދު
07 ސެޕްޓެމްބަރ 2025 05:50
0

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ނަމަވެސް މަޖިލީހުން ފާސްނުވެގެން އެމަގަމާށް ނުހޮވުނު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ، މިފްކޯ ކުންފުނީގެ ޕީއާރު ސީނިއާ މެނޭޖަރުގެ މަޤާމަށް އައްޔަންކުރައްވައިފި އެވެ.

ބްރޯޑްކޮމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކުގެ ތެރެއިން މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބިފައިވަނީ ޝިފްޒާ މުސްތަފާއަށް ކަމުގައި ވީނަމަވެސް، މަޖިލިސް ފްލޯއަށް އޭނާގެ ނަން ހުށަހެޅުމުން 50 މެމްބަރުން ވޯޓުދެއްވީ އޭނާގެ ނަން ފާސްނުކުރުމަށެވެ. ޝިފްޒާގެ ނަން ފާސްކުރުމަށް ތާއީދުކުރެއްވީ އެންމެ 11 މެމްބަރުންނެވެ.

މިފްކޯ ކުންފުނިން ބުނެފައިވާ ގޮތުގައި ޝިފްޒާ މުސްތަފާ އެ ކުންފުނީގެ ޓީމާ ގުޅިވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔައި، އެ ކުންފުނީގެ ކޮމިއުނިކޭޝަން އަދި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ އެވެ.

ޝިފްޒާގެ ނަން ފާސްނުވުމާ ގުޅިގެން ބްރޯޑްކޮމަށް އައްޔަންކުރެވިފައިވަނީ އެ ކޮމިޝަންގައި ކުރިން މަސައްކަތްކުރެއްވި މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ. މުހައްމާގެ ނަމަށް މަޖިލީހުން ފާސްކޮށްދެއްވާފައިވަނީ އަޣުލަބިއްޔަތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.