ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުއިއްޒު ފޮނުއްވައިފި

Author
ހުސައިން
07 ސެޕްޓެމްބަރ 2025 11:03
0

ބްރެޒިލްގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ޑާ ސިލްވާ އަށާއި، ބްރެޒިލްގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު ތަހުނިޔާއެއް ފޮނުވާލައްވައިފިއެވެ.

ރައީސް މުއިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއާއި ބްރެޒިލާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުވެފައިވާތާ 40 އަހަރު ފުރުމާ ކައިރިވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދޫސްތީ އަދި ގުޅުން އިތުރަށް ވަރުގަދަކޮށް، ފުޅާކުރުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތައްޔާރުވެ ތިބި ކަމެވެ.

މީގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންނަށް މަންފާއާއި ފައިދާ ކުރާނެ ގޮތަކަށް އަމާޒުތަކާއި ލަނޑުދަނޑިތައް ކަނޑައަޅައިގެން، ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ތަހުނިޔާގެ މެސެޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، އެކުވެރިކަން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްދޭ މުހިންމު އިޝާރާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.