މާލޭގެ ހަލާކުވެފައިވާ އިމާރާތްތައް ނައްތާލުމުގެ މަސައްކަތް ދަށުން އޯކިޑް ޕްލާޒާ ތަޅާލައިފި

މާލޭގެ ހަލާކުވެފައިވާ އިމާރާތްތައް ނައްތާލުމުގެ މަސައްކަތް ދަށުން އޯކިޑް ޕްލާޒާ ތަޅާލައިފި

Author
އަހުމަދު
26 އޮގަސްޓް 2025 01:21
0

މާލޭގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތްތައް ނައްތާލުމުގެ މަސައްކަތުގެ ތެރެއިން އޯކިޑް ޕްލާޒާ ތަޅާލައި، އެ ސަރަހައްދު ސާފުކޮށް ނިންމައިފިއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީންނެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށުނު އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަވެފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގައި ހުރި ބާވެ ވެއްޓެން ކައިރިވެފައިވާ އިމާރާތްތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އޯކިޑް ޕްލާޒާގެ އިތުރުން، މާލޭގައި ހުރި ނިއު ޕްލާޒާ އަދި ހައުސް ޕްލާޒާ ވެސް ތަޅާލުމަށް ވަނީ ނިންމާފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، އޯކިޑް ޕްލާޒާއަށްފަހު ދެން ތަޅާލާނީ ނިއު ޕްލާޒާއެވެ.

މި އިމާރާތްތައް ނައްތާލަން ޖެހިފައިވަނީ، އެތަންތަން ވަރަށް ބޮޑަށް ހަލާކުވެފައިވުމާއި، އާންމުންގެ ސަލާމަތަށް ނުރައްކާވެފައިވުމުންނެވެ. މި ތިން އިމާރާތަކީ ވެސް މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގި، ވަރަށް ބޮޑަށް އަނދާފައިވާ ތަންތަނެވެ.

މިފަދަ ބޭނުން ނުކުރެވޭ އިމާރާތްތަކުގައި ކުރިން ނޭދެވޭ އެތައް ޢަމަލުތަކެއް ހިނގާފައިވާ ކަމަށް ފާހަގަކުރެވޭއިރު، މި ތަންތަން ނައްތާލުމަކީ އާންމުންގެ ރައްކާތެރިކަމާއި މާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.