ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއްކަންކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހަދަން ދޫކޮށްފައި އޮންނަ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ވަނީ ބުނެފައެވެ.
އެ މީހާއާއި ގުޅޭ ފަހުގެ މައުލޫމާތު އަދާހަމަކުރަމުން ފުލުހުން މިއަދު ބުނ ހުޅުމާލެއިން މަރުވެފައި އޮއްވާ ފެނުނު މީހަކީ، 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ބައެއް ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑުކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާގެ ކާކުކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ