ލޯކަލް ކައުންސިލް އިންތިހާބަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނު ކޮށްފި

Author
ޙަސަން މުޙައްމަދު
21 އޮގަސްޓް 2025 05:53
0

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ އެކި މަސައްކަތްތަކަށް ބޭނުންވާ 200 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަކިވަކިން އިއުލާނުކޮށްފައި ވަނީ އޮފިސަރ، ކޮންޓެންޓް ކްރިއޭޓާ، ސީނިއާ އޮފިސަރ، ޑްރައިވަރު، މެއިންޓެނަންސް އޮފިސަރ، ސެކިއުރިޓީ އޮފިސަރ، މަސައްކަތު، ލޮޖިސްޓިކް އޮފިސަރ، އެސިސްޓެންޓް މާސްޓާ ޓްރޭނަރ، ގްރެފިކްސް ޑިޒައިނަރ، ޓެކް އޮފިސަރ، ފޮޓޯގްރާފަރ، އަދި އޮފީސް އެސިސްޓެންޓްގެ މަގާމަށް މީހުން ހޯދުމަށެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 3:00އާ ހަމައަށް ހުޅުވާލާފަ އެވެ. އަދި ވޯކް އިން އިންޓަވިއު މި މަހުގެ 29 އަދި 30 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.