ތޮއްޑޫގައި ގާއިމުކުރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ތޮއްޑޫގައި ގާއިމުކުރި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

Author
އައިޝަތު އަޙްމަދު
20 އޮގަސްޓް 2025 08:51
0

އއ. ތޮއްޑޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ތޮއްޑުއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ތޮއްޑޫގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑާ ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ 29,768,335.91 (29.7 މިލިއަން) ރުފިޔާއެވެ.

އެ މަޝްރޫއުގެ ތެރެއިން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ނަރުދަމާ ނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް، ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބެހެއްޓުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.