ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ

Author
ހުސައިން
09 އޮގަސްޓް 2025 09:38
0

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ކުންފުނިން ބުނި ގޮތުގައި، ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން މާލެއާއި ހުޅުމާލެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ކަރަންޓުގެ ޚިދުމަތަށް ހުއްޓުމެއް އައިސްފައިވާ ކަމަށެވެ.

ސްޓެލްކޯގެ ފަރާތުން ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ކުންފުނީގެ ޓެކްނިކަލް ޓީމުތައް މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަކަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހާލަތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާ ގުޅިގެން ކުންފުނީގެ ފަރާތުން މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.