އެމެރިކާއިން ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް ނިންމައިފި

އެމެރިކާއިން ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް ނިންމައިފި

Author
ހުސައިން
01 އޮގަސްޓް 2025 10:23
0

ފަލަސްތީނުގެ ސަރުކާރީ އޮފިޝަލުންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ނުދިނުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނިންމާއިފިއެވެ. މި ނިންމުން އިއުލާން ކޮށްފައިވަނީ އިއްޔެ އެ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު މެދުވެރިކޮށެވެ.

މި އާ ސިޔާސަތުގެ ދަށުން ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ އޮފިޝަލުންނަށް އެމެރިކާގެ ވިސާ ދޫނުކުރުމަށް ނިންމާފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ފަލަސްތީނު ސަރުކާރާ ގުޅުން ހުރި އެހެން ޖަމާއަތްތަކަށްވެސް މި ފިޔަވަޅު ތަންފީޒު ކުރާނެ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނަށް ދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގަބޫލުކުރުން ހޯދުމަށް ޔޫރަޕްގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް އިތުރުވަމުންދާ ވަގުތެއްގައެވެ. އދ. ގައި ފަލަސްތީނުގެ މެންބަރޝިޕް މައްސަލައާ ގުޅޭ ގޮތުން ބޭއްވޭ މަޝްވަރާތަކާ ގުޅިގެންވެސް މި ފިޔަވަޅު އެޅިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ފާހަގަ ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.