ސްރީލަންކާ ކޯޓުން ނަމާލް ރަޖަޕަކްސަ ހައްޔަރުކުރަން އަމުރު ނެރެފި، އޭނާ މިވަގުތު ހުރީ ރާއްޖޭގަ

ސްރީލަންކާ ކޯޓުން ނަމާލް ރަޖަޕަކްސަ ހައްޔަރުކުރަން އަމުރު ނެރެފި، އޭނާ މިވަގުތު ހުރީ ރާއްޖޭގަ

Author
ހުސައިން
28 ޖުލައި 2025 05:49
0

ރާއްޖޭގައި މިވަގުތު ހުންނެވި ސްރީލަންކާގެ ކުރީގެ ޔޫތު މިނިސްޓަރު ނަމާލް ރަޖަޕަކްސަ ހައްޔަރުކުރުމަށް ސްރީލަންކާގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ. ކޯޓަށް ހާޒިރުވުމަށް ކުރި އަމުރަށް އޭނާ ހާޒިރުނުވުމުން، ކޯޓުން މި އަމުރު ނެރެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލްގެ މައްޗަށް ސްރީލަންކާ އޮތޯރިޓީތަކުން ތުހުމަތު ކުރަނީ މަނީ ލޯންޑްރިންގ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ. އޭނާ އަކީ ސްރީލަންކާގެ ޕާލިމަންޓުގެ ކުރީގެ މެންބަރެއް ކަމަށްވާއިރު، ފާއިތުވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރި ކެންޑިޑޭޓެކެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ނަމާލް ރާއްޖެ އައީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް ރާއްޖެ ވަޑައިގަތް ފްލައިޓުގައެވެ. އެހެންނަމަވެސް، ނަމާލް ރާއްޖެ ޒިޔާރަތްކުރެއްވީ އަމިއްލަ ދަތުރެއްގައި ކައިވެނި ރަސްމިއްޔާތެއްގައި ބައިވެރިވުމަށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ސްރީލަންކާގެ ސިޔާސީ މައިދާނުގައި މަޝްހޫރު ރަޖަޕަކްސަ ޢާއިލާގެ މެންބަރެއް ކަމަށްވާ ނަމާލް، ރާއްޖޭގައި ހުންނަވަނިކޮށް އޭނާ ހައްޔަރުކުރުމަށް ކޯޓުން އަމުރު ނެރުމަކީ ސްރީލަންކާގެ ސިޔާސީ މާހައުލުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބޭނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.