ނ. ވެލިދޫގައި މުޅިން އާ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. 108 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރާ މި ޕްރޮޖެކްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ވެލިދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙީމާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރު އަދި ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިންއެވެ.
މި ޕްރޮޖެކްޓަކީ އާބާދީ ބޮޑު ރަށްރަށުގައި ސިއްޙީ ޚިދުމަތް ހޮސްޕިޓަލް ފެންވަރަށް މަތިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ބައެކެވެ. އާރްޑީސީއާ މި މަސައްކަތް ހަވާލުކުރި އެއްބަސްވުމުގައި މިއަހަރުގެ މާރިޗު 29 ގައި ސޮއިކޮށްފައިވާއިރު، 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް އެއްބަސްވެފައިވެއެވެ.
ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަކީ އެ ރަށުގެ ރައްޔިތުންނާއި އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓު ފޮނުވާ