ރާއްޖޭގެ ދެކުނުގެ ރަށެއްގައި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަނީ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި 9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަނީ

Author
ހުސެއިން
12 ޖުލައި 2025 10:33
0

ސައުތު ޕޮލިސް އޭރިއާގައި ހިމެނޭ ރަށެއްގެ 9 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މަހުގެ 9 ވަނަ ދުވަހު ފުލުހަށް ރިޕޯޓު ކުރެވުނު މި މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކޮށް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދިން މައުލޫމާތު އަށް ބަލާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ އެންމެ އިސްކަން ދޭ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ފާހަގަ ކުރެއެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާގައި ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އިތުބާރު ހިފޭފަދަ މަގާމެއްގައި ހުރި ފަރާތަކުން ކަމަށް ބެލެވެއެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން، ކުއްޖާގެ އަތޮޅާއި ރަށުގެ ނަން، އަދި މި މައްސަލައިގެ އިތުރު ތަފްސީލުތައް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުން ދާތީ، މިފަދަ ހާދިސާތަކުން ކުދިން ރައްކާތެރި ކުރުމަށް ބެލެނިވެރިންނާއި މުޖުތަމައުގެ އެންމެހައި ފަރާތްތަކުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.