ޒަކާތު ހައުސްގެ ރަމަޟާން މުބާރާތުގެ ޢުމްރާ ވައުޗަރ ހަވާލުކޮށްފި

ޒަކާތު ހައުސްގެ ރަމަޟާން މުބާރާތުގެ ޢުމްރާ ވައުޗަރ ހަވާލުކޮށްފި

Author
ހުސައިން
30 ޖޫން 2025 11:48
0

ރަމަޟާން މަހު ޒަކާތު ހައުސްއިން ބޭއްވި ސުވާލު މުބާރާތުގައި އެންމެ މަތިން މާކްސް ހޯދައިގެން ފުރަތަމަ ވަނަ ހޯދި ސ. ހިތަދޫ، އިރާސިމިކްގެ، އަލީ ވަސީފަށް ޢުމްރާ ދަތުރުގެ ވައުޗަރ ހަވާލުކޮށްފިއެވެ.

މި މުބާރާތަކީ ރަމަޟާން މަހުގެ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން ޒަކާތު ހައުސްއިން އިންތިޒާމުކުރި ދީނީ މަޢުލޫމާތު އިތުރުކުރުމަށް ބޭއްވި މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ސުވާލަށް ޞައްޙަ ޖަވާބު ދިން ފަރާތަށް އިނާމެއްގެ ގޮތުން ޢުމްރާ ދަތުރެއް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކުރިއެވެ.

އެއް ވަނަ ހޯދި އަލީ ވަސީފަށް ޢުމްރާ ދަތުރުގެ ވައުޗަރ ހަވާލުކޮށްދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް އިއްޒައްދީން އަދްނާންއެވެ. މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ މުވައްޒަފުންގެ އިތުރުން މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވިއެވެ.

ދިވެހި ސަރުކާރުން ޒަކާތު ހައުސް ގާއިމުކޮށްފައިވަނީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް އެންމެ ފައިދާހުރި ގޮތުގައި ބެހުމާއި، ޒަކާތު ފަންޑު ތަރައްޤީކޮށް ފުޅާކުރުމުގެ މަޤްޞަދުގައެވެ. މި އިދާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކާއި، ޒަކާތާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.