ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައާ ގުޅިގެން އޯޕީޑީ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓު މައްސަލައާ ގުޅިގެން އޯޕީޑީ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކޮށްފި

Author
ހުސައިން
27 ޖޫން 2025 09:27
0

ހުޅުމާލެ ހޮސްޕިޓަލުގެ މައި ކަރަންޓު ޕެނަލަށް ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުން އެ ހޮސްޕިޓަލުގެ އައުޓްޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) ގެ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެ އެވެ.

ހޮސްޕިޓަލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލަ ހައްލު ކުރެވެންދެން އޯޕީޑީގެ ޚިދުމަތްތައް ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ފްލެޓު 16 ގައި ޤާއިމުކޮށްފައިވާ ޖެނެރަލް ޕްރެކްޓިސް ކްލިނިކުގައި ދެވެމުން ގެންދާނެ އެވެ. މި ބަދަލު ގެނެވުނީ ބަލިމީހުންނަށް ޚިދުމަތް ދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ.

ކަރަންޓު ޕެނަލުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ފަންނީ މުވައްޒަފުން ވަގުތު ނަގައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މައްސަލަ ހައްލުވުމުން އޯޕީޑީގެ ޚިދުމަތްތައް އަލުން ހޮސްޕިޓަލަށް ގެނެވޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

މި ހާލަތާ ގުޅިގެން ބަލިމީހުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފަ އެވެ. އަދި ބަލިމީހުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.