ރ. ފައިނުގައި މިރޭ ހިނގި ނުރައްކާތެރި ސައިކަލް އެކްސިޑެންޓެއްގައި 18 އަހަރުން ދަށުގެ ދެ ކުދިން ބޮޑެތި އަނިޔާތައް ލިބިއްޖެއެވެ. މި ހާދިސާ ހިނގީ އެ ދެ ކުދިން ސައިކަލެއްގައި ދަތުރުކުރަމުންދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކުގެ ސަބަބުން އެ ދެ ކުދިންނަށް އަވަސް ފަރުވާ ބޭނުންވެފައިވާތީ، އެމީހުން ވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައީ މިރޭ 21:30 ގެ ގާތްގަނޑަކުންނެވެ.
މި ވަގުތު އެ ދެ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަން އެނގިފައިވި ނަމަވެސް، އެމީހުންގެ ހާލަތާ ބެހޭ އިތުރު މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ގޮތާ ބެހޭ ތަފްސީލު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ