އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ފުރުސަތެއް ނުދޭނަން: ނަތަންޔާހޫ

Author
ހުސެއިން
05 ޖެނުއަރީ 2021 06:18
0

އިރާނުން އަލުން އެގައުމުގައި ޔޫރޭނިއަމް މުއްސަދިކުރުމުގެ މަސައްކަތްކަތް ފަށާފައިވާތީ، އިރާނުން ނިއުކްލިއަރ ހަތިރާރު އުފެއްދުމުގެ މަސައްކަތް އަމަލީގޮތުން ކުރަމުންދާކަން ހާމަވާކަމަށް އިސްރާއީލުގެ ބޮޑުވަރީ ބެންޖަމިން ނަތަންޔާހޫ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

އިރާނުގެ ގައުމީ ޓީވީން ހޯމަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެގައުމުގެ ފޯޑޯ ނިއުކްލިއަޔ ޕްލާންޓުގައި އިރާނުންވަނީ %20 އާއި ހަމައަށް ޔޫރޭނިއަމް މުއްސަދިކުރުމުގެ މަސައްކަތް އަލުން ފަށާފައެވެ. މިއީ، 2015 ވަނަ އަހަރު، ހުޅަގާއި ޔޫރަޕްގެ ބާރުތަކުން އެއްބަސްވި ނިއުކްލިއަރ އެއްބަސްވުމުގައި ކަޑައަޅާފައިވާ މިންވަރަށްވުރެ މާބޮޑަށްވެސް މަތީ އަދަދެކެވެ.

ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އިރާނުގެ މިނިންމުުން، "އެގައުމުން ނިއުކުލިއަރ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތަކެއްގެ ގޮތުގައި މެނުވީ މާނަކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ،" ކަމުގައެވެ.

"އިރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އިސްރާއީލުން ފުރުސަތެއް ނުދޭނެ،" އޭނާ ވިދާޅުވެފައި ވެއެވެ.

މެދުއިރުމަތީގައި، ނިއުކްލިއަރ ހަތިޔާރު ހުރި ހަމައެކަނި ގައުމު ކަމުގައި ބެލެވޭ އިސްރާއީލުން ތުހުމަތު ކުރާގޮތުގައި ތެހެރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަނީ އެގައުމު ނެތިކޮށްލާށެވެ.

2015 ވަނަ އަހަރު، އިރާނާ ދެކޮޅަށް ބައިނަލް އަގުވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުން، އެގައުމުގެ ނިއުކްލިއަރ ހަކަތައާއި ގުޅޭ ޕްރޮގްރާމް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއި އިސްރާއީލުން ވަނީ ދެކޮޅު ހަދާފައެވެ. އިރާނުން އަބަދުވެސް ބުނަމުން އައިސްފައިވަނީ، އެގައުމުގެ ނިއުކްލިއަރ ހަކަތައާއިބެހޭ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމުގައެވެ.

އެހެންނަމަވެސް، އެމެރިކާގެ މިހާރިގެ ރައީސް ވަނީ 2018 ވަނަ އަހަރު، އިރާނާއިއެކު ދުނިޔޭގެ ބާރުތަކުން ވި އެއްބަސްވުމުން އެމެރިކާ ބޭރުކޮށްފައެވެ. އަދި އިހުނަށްވުރެ ވަރުގަދަކޮށް ޓްރަމްޕްވަނީ އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަތީޖާއެއްގެ ގޮތުން، އިރާނުންވަނީ، އެގައުމުގެ ނިއުކްލިއަރ ހަކަތައާބެހޭ ޕްރޮގްރާމް އަލުންފަށާ، ޔޫރޭނިއަމްވެސް އަލުން ފައްކާކުރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.