މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ސްޓެލްކޯއިން މިއަދު އެކްސްގައި ބުނީ،، މާލެ ސިޓީގެ ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅިގެން މިއަދު މެންދުރުފަހު ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެ ކަމަށެވެ.
އެ ކުންފުނިން ހާމަކުރިގޮތުން، ކަރަންޓު ކެނޑުން އެކަށީގެންވަނީ މިއަދު މެންދުރުފަހު 2:00 އިން 4:00 އަށެވެ. ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާނެ ސަރަހައްދުތަކުގެ ތެރޭގައި ގުލާބީ މަގު، ކާމިނީ މަގު، މާވެޔޮ ގޯޅި، ބަޑިފަސްގަނޑު މަގު އަދި މާވެޔޮ މަގު ހިމެނެ އެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ އެއްވެސް ދަތިކަމަށްޓަކައި މައާފަށް އެދިފަ އެވެ.
ކޮމެންޓު ފޮނުވާ