ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން މާލެ ސިޓީގެ ރަށްދެބައިމަގު ހިމެނޭ ސަރަހައްދުން މާދަމާ ކަރަންޓު ކެނޑިދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފިއެވެ.
ސްޓެލްކޯގެ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، މާދަމާ މެންދުރުފަހު 14:00 އިން 16:00 އާ ދެމެދު އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތަށް މެދުކެނޑުން އަތުވެދާނެއެވެ. މިއީ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. މި މަސައްކަތަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަ ކޮށްފައެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ