އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓްގެ ޕޫނޭ ޑިސްޓްރިކްޓްގެ ކުންޑަމަލާ ސަރަހައްދުގައި ޓޫރިސްޓުން ޒިޔާރަތްކުރާ ތަނެއްގައި ހުންނަ ކޯރެއްގެ މަތިން އަޅާފައިވާ ދަގަނޑު ބްރިޖެއް ވެއްޓި، ދެ މީހަކު މަރުވެ، 32 މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ދުވަސްވަރު އެ ސަރަހައްދުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުގައި ފެން ބ ކަަންޑުންވެފައިވާ ކަމަށް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ހާމަކޮށްފައިވެއެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު ވާރޭ ވެހިފައި ނުވާ ކަމަށް ވެސް ނިއުސް އެޖެންސީން ފާހަގަކުރެއެވެ.
މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނަވީސް، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާދިސާ ހިނގި ތަނުން ހަ މީހަކު ސަލާމަތްކޮށް، ސީރިއަސް ހާލަތުގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވެމުންދާ ކަމަށެވެ.
ކުންޑަމަލާގެ މި ސަރަހައްދަކީ ޕިކްނިކް ދިއުމަށް މީހުން ގިނައިން ޒިޔާރަތްކުރާ، މަގުބޫލު ތަނެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ. ހާދިސާ ހިނގުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި އިތުރު ސާޗް އެންޑް ރިކަވަރީ ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ