ޙައްޖުވެރިން އެނބުރި އަންނަންފެށުމާއި ގުޅިގެން އެއާޕޯޓު ސަރަހައްދުގައި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފި

ޙައްޖުވެރިން އެނބުރި އަންނަންފެށުމާއި ގުޅިގެން އެއާޕޯޓު ސަރަހައްދުގައި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
14 ޖޫން 2025 09:13
0

ރާއްޖެއަށް ޙައްޖުވެރިން އެނބުރި އަންނަންފެށުމައި ގުޅިގެން އެއާޕޯޓު ސަރަހައްދުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

މިމަހުގެ 13، 14، 16 އަދި 17 ވަނަ ދުވަހު ޙައްޖުވެރިން ރާއްޖެއަށް އެނބުރި އައުމަށް ހަމަޖެހިފައިވާއިރު، މިދުވަސްތަކުގައި އެއާޕޯޓަށް ގާތްތިމާގެ މީހުން ބަލާދާ ފަރާތްތައް ގިނަވާނެ ކަމަށް ލަފާކުރެވެއެވެ.

މިގޮތުން އެއާޕޯޓު ސަރަހައްދުގައި ޓްރެފިކް ނިޒާމު ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި ފުލުހުން ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މިދުވަސްތަކުގައި އެއާޕޯޓަށް ދަތުރުކުރާ އެންމެހައި ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް އަމަލުކޮށް، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް ފުލުހުން ގޮވާލައިފައިވެއެވެ.

ޙައްޖުގެ ފަރުޟު އަދާކުރުމަށްފަހު އެނބުރި ވަޑައިގަންނަވާ ޙައްޖުވެރިންނަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަންނަވާއިރު، އެންމެންގެ ރައްކާތެރިކަމަށްޓަކައި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.