ކޯވިޑް-19: އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 33 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 33 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 33 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 24 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން އެކަކާއި، ރިސޯޓްތަކުން 6 މީހުނާއި، ސަފާރީއަކުން އެކަކު އަދި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން އެކަކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،867 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 25 މީހުންނެވެ. މިއަދަދާއެކު ޖުމްލަ 13،191 މީހުން މިހާތަނަށް ބަލިން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ވަނީ 621 އަށް އިތުރު ވެފައެވެ.

ކޯވިޑް ބަލީގެ ސަބަބުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދަނީ 31 ބަލިމީހަކަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 1،734 ސާމްޕަލައެކު މިހާތަނަށް ޖުމްލަ 322،728 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *