މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، ރާއްޖޭގައި ކުރިއަށްގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚާއްޞަ ދަރުހެއް ދެއްވާނެއެވެ. މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ބައިގައެވެ.
މި ދަރުހުގެ ދިވެހި ތަރުޖަމާ ދެއްވާނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާޙުލް ބުދައިރުއެވެ.
ޑރ. ޞަލާޙުލް ބުދައިރު އިއްޔެރޭ ސަލްމާން މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާފައިވެއެވެ.
ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތެއްގައި ކުރައްވާ ދަތުރުފުޅެއްގެ ގޮތުގައި ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިމާމުން ރާއްޖެއަށް ގެންނެވުމުގެ މަޤްޞަދުގައެވެ.
ކޮމެންޓު ފޮނުވާ