ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާ އަދިވެސް ވެންޓިލޭޓަރުގައި!

ފުރާޅު މައްޗަށް ވެއްޓުނު އަންހެން މީހާ އަދިވެސް ވެންޓިލޭޓަރުގައި!

Author
ހުސައިން
20 އޭޕްރިލް 2025 03:22
0

މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މަތިން ވެއްޓުނު 21 އަހަރުގެ ދިވެހި އަންހެން މީހާ އަދިވެސް ހުރީ ވެންޓިލޭޓަރުގައި ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ހާމަކުރައްވައިފިއެވެ.

ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ މި އަންހެން މީހާ އިއްޔެގެ ވަގުތެއްގައި ވެންޓިލޭޓަރަށް ބަދަލުކޮށްފައިވާ ކަމަށާއި، މިވަގުތުވެސް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ދެއްވި މައުލޫމާތުގައި ވިދާޅުވީ، 18 އޭޕްރީލް ވަނަ ދުވަހުގެ ހެނދުނު 7:23 ހާއިރު މާލޭ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ހާދިސާގައި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.