ޤައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކޮށްގެން

ޤައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކޮށްގެން

Author
މުޙައްމަދު ޝަޒައިމް
02 ޖެނުއަރީ 2021 10:10
0

ޤައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކޮށްގެން ކަމުގައި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާ އަހަރާ ސަރުކާރުން ކުރިމަތިލާނީ ގައުމު އަލުން އާރާސްތުކުރުމުގެ މަތިވެރި އަޒުމާއި އިތުރު ހިތްވަރަކާއެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ޤައުމު އާރާސް ކުރެވޭނީ ޑިލް ނުހަދައި ހަމަހަމަ ކަމާއި، އިންސާފުގެ އަދުލުގެ ޤާއިމް ކޮށްގެންކަމަށެވެ. ސަރުކާރުގެ އަމަލުތައް ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވަނީ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި، ބަދަލު ހިފައި، އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޝަރީއަތް ހިންގުމަށް ކަމަށެވެ.

މައްސަލަ ހައްލު ކުރުމުގެ ނަމުގައި ބަދަލުގެ ނަމުގައި ބަދަލު ހިފުމާއި، ހަމަ އެކަނި އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ޝަރީއަތް ހިންގުމަކީ ސަރުކާރުން ރާވައިގެން ހިންގާ މުޑުދާރު އަމަލެއް. ޤައުމު އާރާސްތު ކުރެވޭނީ ޑީލް ނުހަދައި ހަމަހަމަ ކަމާއިއެކު އިންސާފު ޤާއިމްކޮށްގެން.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ހިތާބުގައި ވަނީ މިދިޔަ އަހަރު ކޯވިޑް-19 ގެ ބަލިމަޑުކަމާއެކު، ގައުމު ލޮކްޑައުން ކުރަން ޖެހި އިގުތިސާދީ ގޮތުން ނާޒުކު ދުވަސްތަކަކާ ކުރިމަތިލާން ޖެހުނުކަން ފާހަގަ ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މިދިޔަ 2020 ވަނަ އަހަރަކީ އަސާސީ ހިދުމަތްތައް ފުރިހަމަ ނުކުރެވި، ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހި، އެތައް ހައްގުތަކެއް ގެއްލުނު އަހަރެކެވެ. ނަމަވެސް، އެ ހުރިހާ ކަމަކާއެކު ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގައި އަމާޒު ހިފަންވީ މިސްރާބު ސާފުވި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ފެށި އާ އަހަރާ ސަރުކާރުން ކުރިމަތިލާނީ އަސާސީ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ. އާ އަހަރު ބޭނުންފުޅު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި، އިގުތިސާދީ ގޮތުން ޓޫރިޒަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، އިގުތިސާދު ސިންދަފާތު ކުރުމުގެ އަމާޒު ހިފުމަށެވެ. ތަރައްގީގެ މަޝްރޫއުތައް ތިމާވެއްޓާ އެއްގޮތައް ކުރިއަށް ގެންދިއުމާއި އިޖުތިމާއީ މައްސަލަތައް ވެސް ހައްލުކޮށް، ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދިނުމުގެ އަޒުމު ވެސް އާ އަހަރާ އެކު އެ މަނިކުފާނު އާ ކުރެއްވި އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.