ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދަނީ

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދަނީ

Author
ހުސައިން
09 އޭޕްރިލް 2025 07:32
0

ހެލްތު މިނިސްޓްރީން އިއްޔެ، ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމާ ގުޅޭގޮތުން ޖަމިއްޔާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި އިސްކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ ކުރިން އިއްޔެ ހެލްތު މިނިސްޓަރު ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ޔުނިސެފްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައިވެސް ސަރުކާރުން ގެންނަން ރާވާފައިވާ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ އިދާރާތަކުން މުހިންމު ލަފާ ދެއްވާފައިވެއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން، ކަމާގުޅުންހުރި އެކިއެކި ފަރާތްތަކުގެ ޚިޔާލާއި ލަފާ ހޯދުމަށްފަހު ޖެނެރޭޝަނަލް ބޭންއާ ގުޅޭ ސިޔާސަތުތައް އެކުލަވާލެވިގެންދާނެކަމަށް ލަފާކުރެވެއެވެ. މި މަޝްވަރާތަކުން ހޯދޭ މަޢުލޫމާތުގެ އަލީގައި، ދުންފަތުން ރައްކާތެރިވެފައިވާ ޖީލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރެވޭނެކަމަށް ހެލްތު މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.