ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިއުލާން ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުގައި މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށާއި، މި މަސައްކަތުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިގެންދާނެއެވެ.
މާދަމާ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މި މަސައްކަތް ކުރިއަށްދާނެ ކަމަށާއި، އެދުވަހު މެންދުރު ފަހު 3:00 އިން 3:30 އަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ކަރަންޓު ކެނޑުމުގެ އިހްތިމާލު އޮންނާނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހަނދުވަރީ ހިންގުމާއި ރީތިބަސްމަގު ސަރަހައްދުގައެވެ.
ދެން އަންނަ ދުވަހު މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އެދުވަހު ހެނދުނު 9:00 އިން 11:30 އަށް ބޮޑުތަކުރުފާނު މަގު، ހިޔަލީ ގޯޅި، ރޯޝަނީ މަގު އަދި ވައިލެޓް ހިނގުން ހިމެނޭ ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން އަންގާފައިވެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ އުނދަގޫތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ. އަދި ކުންފުނިން ފާހަގަކޮށްފައިވާ ގޮތުގައި ކަރަންޓުގެ ވިއުގަ އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ދުރާލާ އާންމުންނަށް އެންގުމަށްފަހު ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަމުން ގެންދާނެއެވެ.