އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އައްޔަންކުރުމަށް ނަން ހުށަހެޅުއްވައިފި

އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އައްޔަންކުރުމަށް ނަން ހުށަހެޅުއްވައިފި

Author
ޙަސަން މުޙައްމަދު
07 އޭޕްރިލް 2025 11:48
0

ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދިވެހިރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރެއްގެ ގޮތުގައި ގ. ކަނޑުތޮޅިއާގެ، ލެފްޓަނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވާފައެވެ.

ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފަކީ، މިހާރުވެސް ތުރުކީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރެވެ. އަދި މީގެ ކުރިން ޑިފެންސް ފޯސްގެ އެންމެ އިސް މަޤާމު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އަބްދުއްރަހީމް އަބްދުއްލަތީފްގެ ނަންފުޅު މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ފޮނުއްވައި، ދިރާސާކުރުމަށް ނިންމަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.