ބަނގުރާ ފުޅި ހިފައިގެން ފިލަން އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި

ބަނގުރާ ފުޅި ހިފައިގެން ފިލަން އުޅުނު ދެ ބިދޭސީން ހައްޔަރުކޮށްފި

Author
ހުސައިން
06 އޭޕްރިލް 2025 01:44
0

ހުޅުމާލޭގައި ބަނގުރާ ދަޅު ހިފައިގެން ފިލަން މަސައްކަތްކުރަމުންދަނިކޮށް ދެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިއްޖެއެވެ.

ފުލުހުންގެ ފަރާތުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނީ 34 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމަށްވާ ޓަކް ބަހާދުރު ރިލަމީ އަދި ހަމަ އެ އުމުރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބަހާރު އުދީންއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 10:00 ހާއިރު ހުޅުމާލޭގެ ރީތިގަސް މަގުގެ ކަނެކްޓިން ބުރިޖު ކައިރިއަށެވެ. މި ދެ ފަރާތް ޑިންގީއެއްގައި ބުރިޖު ކައިރިއަށް އައިސް ފޮށިގަނޑަކާއެކު ފައިބަމުންދަނިކޮށް ފުލުހުންނަށް ފެނުމާއެކު އެއް ފަރާތުން ފިލަން މަސައްކަތް ކޮށްފައިވެއެވެ.

ފުލުހުން މި ދެ ފަރާތް ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށި ބަލައި ފާސްކުރިއިރު، 72 ދަޅު ބަނގުރާ އެތެރެކުރަން އުޅޭކަން ފާހަގަކުރެވިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ފުލުހުންގެ ފަރާތުން ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.